ރޭ ކުރި ވިއްސާރައިގައި ހއ. ދިއްދޫ ފުލެޓް ސަރަހައްދުގެ 6 ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

ދިއްދޫ ކައުންސިލުން މިއަދު ބުނީ ރޭގެ ކުރި ވިއްސާރައިގައި ދިއްދޫ ފުލެޓް ސަރަހައްދުގެ 6 ގެ އަކަށް ރޯޅިއެއް އަރާ ފުރާޅުތަކުގެ ޓިނުތައް އުކާލާފައި ވާކަމަށެވެ.

އަދި ގިނަ ފުލެޓް ތަކަކަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ ގޭގޭގެ ޓިނުތައް ވަޔާ އުކާލުމުގެ ސަބަބުން ބައެއް ގެތަކުގެ ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެންލުންވެފައިވާއިރު އަލުން ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.