ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ 25 އަހަރުގެ ޖަލުހުކުމަކުން މިދިޔަ އަހަރު ޖަލުހުކުމަކުން ދޫކޮށްލި މީހެއް ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މަރުވެފައި އޮއްވާ ފެނުނު 30 އަހަރުގެ ޒުވާނާއަކީ ގދ ހޯޑެއްދޫ މީހެކެވެ. އެމީހާގެ ނަމަކީ ހައްމާދު ސައީދެވެ. މިއީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށާއި މިދިޔަ އަހަރު މިމީހާ ވަނީ ދޫކޮށްލާފައި ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ޚާއްޞަކޮށްފައިވާ، ބަނޑޭރިކޮށީގައި ހުރި ފަޅު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ރޭގައި ހާމަކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވަނީ ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާތީ ކަމަށެވެ.
މަރުވެފައި އޮތް އެމީހާ ފެނިފައި ވަނީ އިއްޔެ ހަވީރުގައެވެ. އެމީހާގެ ހަށިގަނޑު އެގޭގެ ތެރެއިން ފެނިފައިވަނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ގޮސް އެގޭތެރެ ބެލި ބެލުމުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.