މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދޭ އަގުތައް އަލުން ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ހިދުމަތުގެ އަގު އަލުން ކަނޑައަޅާފައި މިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޓެކްސީތައް ދިއުން ވަރަށް ބޮޑަށް މަދުވެ އާންމުންނަށް ދަތިތައް ކުރިމަތިވާން ފެށުމުންނެވެ. މިގޮތަށް މިމައްސަލަ ދިމާވާން ފެށީ ވީއައިއޭ ގައި ހަމައިން ނައްޓާލަފައި އޮތް ޓެކްސީ ކިޔު، ފުލުހުން ނެރެގެން ހަމައަކަށް އެޅުވުމުންނެވެ.
މިއަދު އާންމުކޮށްފައިވާ އާ އަގުތަކާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދޭން ފެށޭނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
6 ސީޓަށް ވުރެ މަދު އުޅަނދުގައި ދަތުރުކުރެވޭނެ އަގު:
މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރަކަށް – 30 ރުފިޔާ – މާލެ އިން ހުޅުމާލެ 1 އަށް – 85 ރުފިޔާ – މާލެ އިން ހުޅުމާލެ 2 އަށް – 100 ރުފިޔާ – ހުޅުމާލެ 1 އިން މާލެ އަށް – 85 ރުފިޔާ – ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް – 40 ރުފިޔާ – ހުޅުމާލެ 2 އިން މާލެ އަށް – 100 ރުފިޔާ – ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް – 40 ރުފިޔާ – ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 80 ރުފިޔާ – ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 85 ރުފިޔާ – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80 ރުފިޔާ – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް 85 ރުފިޔާ – މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 70 ރުފިޔާ – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70 ރުފިޔާ
ޓްރާންސްޕޯޓް މިނިސްޓްރީން ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގައި ދަތުރުކުރެވޭނެ އަގުތައް މިއަދު ކަނޑައެޅީ މާލެ އިން ނުވަތަ ހުޅުމާލެ އިން ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރަކަށް، އެ ތަނަށް ކުރާ އާންމު ދަތުރެއްގެ އަގުގެ އިތުރަށް 10 ރުފިޔާ ނެގޭ ގޮތަށެވެ. މީގެއިތުރުން ހަ ސީޓަށް ވުރެ މަދު އުޅަނދަކަށް އަރުވާ ލަގެޖުގެ އަދަދު ތިނަކަށް ވުރެ އިތުރުވެއްޖެނަމަ އިތުރަށް އަރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގިދާނެ ކަމަށްވެސް އާ އަގުތަކުގައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީގެ ހިދުމަތް ދޭ މީހުންނާއި އެ ހިދުމަތް ހޯދާ މީހުންގެ މަސްލަހަތަށް ވެސް ބެލުމަށްފަހު ކަމަށެވެ.
7-10 ސީޓާ ދެމެދުގެ އުޅަނދުގައި ދަތުރުކުރެވޭނެ އަގު:
މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރަކަށް ކަނޑައަޅާފައި ވަނީ 45 ރުފިޔާ އެވެ.
- މާލެ އިން ހުޅުމާލެ 1 އަށް – 130 ރުފިޔާ
- މާލެ އިން ހުޅުމާލެ 2 އަށް – 155 ރުފިޔާ
- ހުޅުމާލެ 1 އިން މާލެ އަށް – 130 ރުފިޔާ
- ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް – 60 ރުފިޔާ
- ހުޅުމާލެ 2 އިން މާލެ އަށް – 155 ރުފިޔާ
- ހުޅުމާލޭ 2 އިން ހުޅުމާލެ 1 އަށް – 60 ރުފިޔާ
- ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 125 ރުފިޔާ
- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް – 130 ރުފިޔާ
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް – 125 ރުފިޔާ
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް – 130 ރުފިޔާ
- މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް – 110 ރުފިޔާ
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް – 110 ރުފިޔާ
ޓްރާންސްޕޯޓް މިނިސްޓްރީން 7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި ދަތުރުކުރެވޭނެ އަގުތައް މިއަދު ކަނޑައެޅީ މާލެ އިން ނުވަތަ ހުޅުމާލެ އިން ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރަކަށް، އެ ތަނަށް ކުރާ އާންމު ދަތުރެއްގެ އަގުގެ އިތުރަށް 15 ރުފިޔާ ނެގޭ ގޮތަށެވެ. މީގެއިތުރުން 7-10 ސީޓާ ދެމެދުގެ އުޅަނދަކަށް އަރުވާ ލަގެޖުގެ އަދަދު ތިނަކަށް ވުރެ އިތުރުވެއްޖެނަމަ އިތުރަށް އަރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގިދާނެ ކަމަށްވެސް އާ އަގުތަކުގައި ވަނީ ކަނޑއަޅައިފައެވެ.
- ޓެކްސީ އަގުތަކުގެ ހިދުމަތުގެ އަގު މިއަދު ބޮޑު ކޮށްފައި މި ވަނީ ކުރީގެ އަގަށް ވުރެ 5-15 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ދަތުރު ކުރޭތޯ ބަލަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.