1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމަކަށް 'ޅެންފަރުވާ' ފާސްކޮށް, އިލްމީ ދިރާސާ ފެށުމަށް ނިންމައިފި

Screenshot_20240519_132248_Chrome
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު
މަރްޔަމް ޝަފާ ސައީދު
994ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަމަކަށް “ޅެންފަރުވާ” މި ނަން ފާސްކޮށް, އިލްމީ ދިރާސާ ފަށަން ނިންމައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ ދިވެހި ބަހުގެ އެކެޑަމީގެ ބަސް ކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހި ބަހުން ކިޔާނެ ނަމަކަށް “ޅެންފަރުވާ” ކަނޑައަޅާފައިވާ ކަމަށާއި “ޅެންފަރުވާ“ ގެ މާނަ ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

މާނަ: ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް.

300 × 250

އެ ވުޒާރާއިން ބުނީ މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ހިމަނައިފައިވާ ކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް, އެ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާގައި އަންނަ ބުދަދުވަހު ސޮއި ކުރުމަށް ހަމަޖައްސައިފައެވެ.

“މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެ“

މީގެ އިތުރަށް ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި