ކުލަހެދުމުގައި ތިބި ފުލުހުންތަކަކަށް ވަޅިން ބިރުދެއްކި 3 މީހުންގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ރޭ ދިހައެއް ޖަހާކަށްހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިރުދެއްކި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގެ މުއްދަތުކޮމިޓީއަށް ހާޒިރު ކުރުމުން ގާޒީ ވަނީ ތިން މީހުންގެ ބަންދަށް ވެސް 7 ދުވަސް ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. ތިން މީހުންނަކީ ވެސް ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.