1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެން އަންނަ މަސްވެރިކަމުގެ ސީޒަނަށް ކީކިމިނީ މަސް ފެކްޓްރީ ހުޅުވިގެންދާނެ: ފިޝަރީޒް މިނިސްޓަރ

Keekimini
ޢަޒީޒާ އަފީފް
702ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ށ. ކީކިމިނީގައި ތަރައްޤީކޮށްފައިވާ މަސްފެކްޓްރީ ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ ދެން އަންނަ މަސްވެރިކަމުގެ ސީޒަން ފެށޭއިރު މަސްފެކްޓްރީ އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާކަމަށެވެ.

މަސްވެރިން ބާނާ މަސް ފަސޭހައިން ގަނެ ރައްކާ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް މިސަރުކާރުން މަސައްކަތްތަކުގެ ތެރެއިން ކީކިމިނީގައި ތަރައްޤީކުރެވުނު މަސްފެކްޓްރީގެ ސަބަބުން އުތުރުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް މަސްކިރުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

300 × 250

މަސް ފެކްޓަރީ އޮޕަރޭޝަން ގެނެސް މަސް ގަތުން އަވަސް ކުރުމަށްޓަކައި އެ ފެކްޓަރީ ހިންގާ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ވާހަކަދައްކާފައިވާކަމަށާއި އެރަށުގައި މިހާރު ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު ކުރިއަށް އޮތް މަސްވެރިކަމުގެ ސީޒަނުގައި އެ ފެކްޓަރީއަށް މަސް ގަންނާނެކަމަށް ލަފާކުރާކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ތ.ފުނައްޑޫގައި ހަދަމުންދާ މަސްފެކްޓްރީ އަންނަ އަހަރުތެރޭ އޮޕަރޭޝަނަށް ގެނެވޭނެކަމަށް އުއްމީދުކުރާ ކަމަށާއި ދެކުނުގައި އޮޕަރޭޓްކުރަމުންދާ ލ. ހޮރައިޒަން މަސް ފެކްޓަރީއާއި ގއ. ކޫއްޑޫ ފެކްޓަރީ އަދި އައްޑޫ ސިޓީގެ ހުޅުދޫގައި ހަދާފައިވާ ފެސިލިޓީ ހުރުމުން މަސްވެރިކަމުގެ ސީޒަނުގައި ބޮޑެތި ލުއިތަކެއް މަސްވެރިންނަށް ލިބިގެންދާނެކަން ފިޝަރީޒް މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި