ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ، ހަތަރު މީހުންނާއެކު ދަތުރުކުރި އޭއޭއޭ-37 ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. މި ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ މޭ 18 ވަނަ ދުވަހުއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ދޯންޏަށް މިހާރު ގުޅިފައިވާ ކަމަށެވެ. އަދި ކޯސްޓްގާރޑް ޝަހީދު އަލީ އެދިމާލަށް ދަތުރު ކުރަމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނިން ދަތުރުކުރި މީހުންގެ ހާލު ރަނގަޅެވެ. ދޯނި ގެއްލިގެން ހޯދުމަށް ކޯސްޓް ގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ކަނޑާއި ވައިގެ މަގުން ޖުމްލަ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި، އިއްޔެ ކަނޑާއި ވައިގެ މަގުން ޖުމްލަ 6241 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.