މާލޭ ސިޓީގެ ހެންވޭރުގައި ހިނގި މާރާމާރީއަކާ ގުޅިގެން އެކަކު ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސް، އެ މާރާމާރީގައި ޝާމިލުވާ އެހެން ފަރާތްތައް ހޯދަން ފަށައިފިއެވެ.

އެކްސްގައި މާރާމާރީގެ ވީޑިއޯ ލުމަށްފަހު މިފަދަ މަރާމާރީތަކާއި ގުޅޭގޮތުން ފުލުހުންގެ އަޅާލުމެއް ނެތްކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކަށް ފުލުހުންގެ ތަރުޖަމާން ޝިފާން ވަނީ ކޮމެންޓެއް ކުރައްވާފައެވެ.

https://twitter.com/Shifan4040/status/1792570714031284351?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1792570714031284351%7Ctwgr%5E0a7a28d85c461040bd39161eaf8b355a788c6948%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F177324

އެ ކޮމެންޓުގައި ޝިފާން ވިދާޅުވެފައިވަނީ އެ މާރާމާރީ ތަޙްގީގު ކުރުމަށް، އެކަމުގައި ޝާމިލުވި ކަމަށް ތުހުމަތު ކުރެވޭ އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ބައިވެރިވާ އެހެނިހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

މިމާރާމާރީއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.