1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކައްކާ ގޭސް 5 މަސް ދުވަހަށް ރައްކާ ކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

b99sz7wc-slide_image
ފޮޓޯ: މޯލްޑިވްސް ގޭސް
އަހުމަދު ލަޔާން
294ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރު ނިމެންވާއިރަށް ކައްކާ ގޭސް 5 މަސް ދުވަހަށް ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، ލިކުއިޑް ޕެޓްރޯލިއަމް ގޭސް ނުވަތަ ކައްކާ ގޭސް ރައްކާ ކުރެވޭ ކެޕޭސިޓީ ކުޑަކަމަށެވެ.

300 × 250

އެގޮތުން މިވަގުތު ކައްކާ ގޭސް ރައްކާކުރެވޭ ކެޕޭސިޓީ ހުރީ 35 ދުވަހަށް ކަމަށާއި ކޮންމެ 35 ދުވަހަކުން އެ ގޭސް ގަތުމަކީ ޚަރަދުގެ ގޮތުންވެސް ބޮޑު ތަކުލީފެއް ކަމަށެވެ. ނަމަވެސް މިހާރު ގޭސް ރައްކާކޮށްފައި ބެހެއްޓޭނެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާ ޑިޒައިން ތައްޔާރުކޮށްފައިވާ ކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ކައްކާ ގޭސް 5 މަސްދުވަހަށް ރައްކާ ކުރެވޭނެ ނިޒާމެއް ޤާއިމްކުރާނެ ކަމަށެވެ. އަދި 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއްގައި ސްޓޯރެޖް ބޮޑުކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން މެދުއިރުމަތީގައި ހަނގުރާމަތައް ހިނގި ނަމަވެސް ގޭސް ލިބުމުގައި ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށެވެ.

"އެލްޕީޖީއަކީ ސާކްގެ ސަރަހައްދުން ހޯދޭ އެއްޗެއް ނޫން. އެހެންވީމަ މި އެއްޗެހި ލިބުމުގައިވެސް ހުރަސްތަކެއް ކުރިމަތިވެދާނެ. ނަމަވެސް އެކްސްޕެންޝަން ޕްރޮގްރާމް ނިމުނީމަ ކަންބޮޑުވުމެއް ނެތް. އޭގެ ސަބަބުން ކުންފުންޏަށްވެސް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް އަދި ޤައުމަށްވެސް ވަރަށް ބޮޑު ފައިދާއެއް ވާނެ. ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މިދިޔަ 25 އަހަރުގެ ތެރޭގައި ކުރިމަތިވި. ނަމަވެސް މައިގަނޑު މިހުރި ބޮދެތި ގޮންޖެހުންތައް ކުރިއަށް މި އޮތް 9 މަސް ނުވަތަ 12މަސް ތެރޭގައި ހައްލުވެގެންދާނެ." މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، އެ ކުންފުނީގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން ތިނަދޫ ގޭސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭ އެތަން އޮޕަރޭޝަނަށް ގެނައުން ކަމަށާއި، އޭރުން ދެކުނުގެ އަތޮޅުތަކަށް ކައްކާ ގޭސް ފޯރުކޮށްދޭ އަގު ހެޔޮވެ، ޚިދުމަތް ދިނުމުގައިވެސް އަވަސްކަމެއް ލިބިގެންދާނެ ކަމަށެވެ.

ހަމައެހެންމެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ޑިސްޓްރިއުބިޝަން ސެންޓަރެއް ޤާއިމްކުރުމަށް ބިން ހަމަޖެހިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ކުންފުނީގެ އޮފީސް އިމާރާތެއް އެޅުމަށްޓަކައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ބިމެއް ހަމަޖެހިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި