ޓުއަރިޒަމް މިނިސްޓްރީ އޮފީހަށް ގޮތް ނޭނގޭ ޕާރުސަލެއް ލިބިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. ވެލާނާގޭގައި ހިންގާ ޓުއަރިޒަމް މިނިސްޓްރީގެ އޮފީހަށް ގޮތް ނޭނގޭ ޕާރުސަލެއް ލިބުމުން އެމިނިސްޓްރީގެ މުވައްޒަފުން މިވަގުތު އޮފީހުން ހުސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެތަނުގައި މިވަގުތު ސިފައިން ހަރަކާތްތެރިވަމުން ދާ ކަމަށާއި، އެގޮތުން ސިފައިން އަމަލުކުރަމުން ގެންދަނީ މިކަހަލަ ކަންތަކުގައި ސިފައިން އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީއަށް ލިބުނު ގޮތްނޭނގޭ ޕާރުސަލަކީ އެއްވެސް ގެއްލިމެއް ލިބޭ ޒާތުގެ އެއްޗެއް ނޫންކަމަށެވެ. އަދި އޮފީސްތަކުން ގޮތް ނޭނގޭ ޒާތުގެ ތަކެއްޗާއި ހަވާލުނުވުމަށް އިލްތިމާސްކުރެއްވިއެވެ.