1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްތުވާތަކެތި ހުއްޓުވާއިރު ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް ހުއްޓުވަން ޖެހޭ: ޑރ މުހައްމަދު އަލީ

dff
އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑރ މުހައްމަދު އަލީ
މަރްޔަމް ޝަފާ ސައީދު
1,609ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަށިގަނޑަށް ނުރައްކާތެރި މަސްތުވާ ތަކެތި އެކުލެވިގެންވާތީ ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ގޮވާލައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި "ޗައިނާ ވައިޓް" ނަމަކަށް ކިޔާ ނުރައްކާތެރި މަސްތުވާތަކެއްޗެއް މާކެޓުގައި ދައުރުވަމުންދާކަން ވަނީ އިއުލާން ކޮށްފައެވެ.

މި ބަޔާނާއި ގުޅިގެން މުހައްމަދު އަލީ ކުރެއްވި އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންފެކްޓްވެ، ހާލު ދެރަވެގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ގިނަ ފަރާތްތަކުން، ފެންޓަނިލް ނުވަތަ "ޗައިނާ ވައިޓް" ޑްރަގްސް ބޭނުން ކުރާ ކަމަށެވެ.

300 × 250

ޑރ މުހައްމަދު އަލީ ވިދާޅުވީ އެގޮތަށް އެނދުމަތި ކުރާ ބަލިމީހުންގެ ގައިން ފެންނަ އިންފެކްޝަނަކީ ފެންޓަނިލް ނުވަތަ ޗައިނާ ވައިޓޭ އެ ކިޔާ މަސްތުވާތަކެތި ބޭނުން ކުރުމުން އުފެދޭ އިންފެކްޝަަނެއް ކަމަށާއި އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ކަމަށެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ޑރ މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި މިފަދަ މަސްތުވާތަކެތި ރާއްޖެ އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން އެބަޖެހޭ ކަމަށާއި ޑްރަގްސް ހުއްޓުވުމަށް މަސައްކަތް ކުރާ ގޮތަށް ރާއްޖޭގައި ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް މަނާ ކުރަން ޖެހޭ ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. ޑޮކްޓަރގެ ކަންބޮޑުވުމަކީ މިހެން ނުވެއްޖެނަމަ ދިވެހި ޒުވާން އާބާދީ ހަލާކުވެދާނެ ކަމުގެ ބިިރެވެ.

ޑޮކްޓަރ މިކަމަށް ގޮވާލައްވާފައިވާއިރު ދާހިލީ ވުޒާރާއިންވެސް ވަނީ މި ބާރުގަދަ ނުރައްކާތެރި މަސްތުވާތަކެތި ރާއްޖޭގައި ފެތުރެމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މިތަކެއްޗާމެދު ސަމާލުވެ ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެ ވުޒާރާއިން ނެރުނު ބަޔާނުގައިވެސް މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީ، މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް ކަމަށް ބަޔާންކޮށްފަައިވެއެވެ..

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ފަރީ

    މީނަގެ ކްލިނިކަށް ދައްކާ ކޮންމެ މީހަކު ޖެހޭ މެޝިން ގަންނަން. އެއަޅަން ޖެހޭ

ގުޅުންހުރި