ނޭޗާ ޕާކް ތަރައްޤީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި 23 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

ނޭޗާރ ޕާކާއި ބަޔޯސްފިއާރ ރިޒާވް ގާއިމް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އަތޮޅުތަކުގައި ނޭޗާ ޕާކް ތަރައްޤީ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ 23 ފަރާތަކުންނެވެ. ބަޔޯސްފިއާ ރިޒާވް ގާއިމް ކުރުމަށް ޝަގުވެރިކަން ފާޅުކުރީ އެންމެ ފަރާތަކުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ނޭޗާ ޕާކުތައް ޤާއިމް ކުރުމަށް ހުޅުވާލި ފުރުސަތުގައި 23 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށް ދަނީ އެ ފަރާތްތަކުން ހުށަހެޅި ލިއުންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ 23 އީއޯއައި އިވެލުއޭޓު ކުރުމުގެ މަސައްކަތް ކަމަށާއި، ނޭޗަރ ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތަށް ދެން ކުރަން ޖެހޭ މަސައްކަތް މިއަހަރު ފަހުކޮޅު ކުރެވިގެންދާނެ ވާހަކަ ދަންނަވާނެ ކަމަށެވެ.