ށ ނަރުދޫގައި، ބައްޕަގެ ގާތުގައި ކުޑަ ދެ ކުދިން ތިއްބާ ކޯޓް އަމުރެއްގެ ދަށުން އެ ދެކުދިން މަންމަ އާ ހަވާލު ކުރުމަށް އެންގުމުން ދެކުދިން ރޮއި ރޮއި ނުދާން ގޮވަގޮވަ ތިއްބަ ފުލުހުން ބާރުގެ ބޭނުންކޮށް އެކުދިން ގެންގޮސްފި އެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން، އެ ދެކުދިން ގެންދިޔައީ ގަދަ ކަމުން ކުދިންގެ ރުހުމާ ނުލައި ކަން ހާމަވެއެވެ. އެކުދިންގެ މަންމައާ ކުދިން ހަވާލު ކުރުމަށް ކޯޓުއަމުރު ނެރެފައި ވާތީ ފުލުހުން އެ ކުދިން ގެންދަން އައުމުން ކުދިން ވަނީ އެކުދިން ތިބޭނީ ބައްޕަ ގާތުގައި ކަމަށް ބުނެ ދެކޮޅު ހަދައިފަ އެވެ.
މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އަންހެނަކަށް ވަރަށްބޮޑަށް އަނިޔާ ލިބޭ މަންޒަރުވެސް ގެނެއެވެ.
މިކަމާ ގުޅިގެން އެކިމީހުން ދަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.