ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނުފެނިގެން ހޯދަމުންދާ ކަމަށާއި އެންމެ ފަހުން އެކުއްޖާ ފެނިފައިވަނީ މީގެ 4 ދުވަސް ކުރިން މިމަހުގެ 21ވަނަ ދުވަހު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ތ. މަޑިފުށި، ނައިޓްރޯސް ޒޯޔާ ފިކުރީ (މިހާރު ދިރިއުޅޭ އެޑްރެސް، ވ. ނާލިސް) 14 އަހަރެވެ.
ޒޯޔާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ވިލިމާލޭގައި އޭނަ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ޒޯޔާގެ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޒޯޔާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.