ރ. އުނގޫފާރުގައި ފެންގަނޑަކަށް އެރުނު ވަގުތު ކަރަންޓުގައި ޖެހުނު ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރަނިކޮށް ކަރަންޓުގައި ޖެހި ހާލުދެރަވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ޒުވާނާއަށް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ހާލު ވަރަށް ދެރައެވެ. އަދި ފަރުވާދެމުން ދިޔައީވެސް ވެންޓިލޭޓަރުގައި ކަމަށްވާއިރު މިހާރު އެޒުވާނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެވިފައެވެ.
މިހާދިސާ ދިމާވީ ސީދާ ކިހިނެއް ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައި ނުވި ނަމަވެސް އެރަށުން މައުލޫމާތު ލިބުނު ގޮތުގައި އެދުވަހު އެކުދިން ކަރަންޓުގައި ޖެހެން ދިމާވީ އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތިއެއްގެ ވަޔަރިން މައްސަލައެއް ދިމާވެފައިވުމުން އޭގެއިން އެކުދިން ފައިބާފައި ތިބި ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކަމަށް ވެއެވެ. އަދި މިހާރު ހާލު ދެރަވެ އައިސީޔޫއިން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށް އިތުރު ފަރުވާއަށް މާލެއަށް ގެނެވުނު އެ 18 އަހަރުގެ ޒުވާނާ އަކީ ވާރޭވެހިގެން ހެދިފައި އޮޮތް މިފެންގަނޑަށް އެންމެ ފުރަތަމަ ކުޅެން ފޭބި އަށްއަހަރުގެ ފިރިހެންކުއްޖާ ސަލާމަތް ކުރަން ފޭބި ޒުވާނާއެވެ. މިހާރު އަނެއް ދެކުދިން ވަނީ ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މިވޭތުވެދިޔަ ދެތިން ދުވަސްތެރޭގައި، މޫސުން ގޯސްވެ ވަޔާއި ކަނޑުގަދަވެފައިވާއިރު މޫދަށް ނުފޭބުމަށާއި ދަތުރު ނުދިއުމަށާއި އަދި ކަނޑުދަތުރު ކުރުން މަނާކޮށްފައިވަނިކޮށްވެސް މޫދަށް ގެނބިގެން ދެ ފަތުރުވެރިއަކާއި ފަަތުރުވެރިއަކު ސަލާމަތް ކުރަން ފޭބި ދިވެހި ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި މިހާރު މި ފެންގަނޑުން ކަރަންޓު ޖެހުނު ކުއްޖާގެ ހާލު މިދަނީ ގޯސްވަމުންނެވެ. (މި ޒުވާނާއަށް އަވަސްޝިފާއެއް ދެއްވައި އަނބުރާ ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ދުއާއެވެ.)







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.