ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓުތަކަށް ޗައިނާ ޗެމްބަރ އޮފް ކޮމާސްގެ އެހީގައި ހަދިޔާކުރި ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް 44 ޓަނުގެ ފިޔާ ބަހާނެކަމަށް ކޮމޮނާޒް އެމްވީއިން ހާމަކޮށްފިއެވެ.
މިއީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް މިއީ ޗައިނާ ޗެމްބަރ އޮފް ކޮމާސްއިން ވެދެއްވާފައިވާ ދީލަތި އެހީއެއް ކަމަށް ކޮމޮނާޒް ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި އެކަމަށް އެންމެންވެސް ޝުކުރު އަދާކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ދުވަހުގެ މިހާތަނަށް އައިއިރު އެއް ޓަނަށްވުރެއް ގިނަ ފިޔާ ދެހާހަށްވުރެ ގިނަ މީހުންނަށް، ބަހާފައި ވާ ކަމަށާއި އަދިވެސް މަސައްކަތް ބާރަށް ކުރިއަށް ގެންދާކަމަށް ކޮމޮނާޒްއެމްވީ އިން ވަނީ ބުނެފައެވެ،
އެންމެ ބޮޑު ޖާގައެއް އޮތީ ހިޔާފުލެޓުތަކުގެ ތެރެއިން 4 ޓަވަރުގައިކަން ފާހަގަކުރަމުން ކޮމޮނާޒްއެމްވީ އިން ބުނީ މިމަސައްކަތް ކުރިއަށް ގެންދަނީ ހިޔާފުލެޓުގެ 4 ވަނަ ޓަވަރުގައިކަމަށެވެ. ނަމަވެސް ހިޔާގެ ހުރިހާ ޓަވަރެއްގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފިޔާ ލިބޭނެ ކަމަށެވެ.
ފިޔާ ބެހުމުގެ މިމަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނެވެ. އަދި މިމަސައްކަތުގެ ތަފުސީލީ މައުލޫމާތު ކޮމޮނާޒް އެމްވީގެ ވައިބާ ގްރޫޕު މެދުވެރިކޮށް، އެޖަމިއްޔާ އިން ދަނީ ހުރިހާ ރައްޔިތުންނާއި ހިއްސާ ކުރަމުންނެވެ.
ކޮމޮނާޒް އެމްވީ އިން ބުނީ ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯ އަދި ޗައިނާ އެމްބަސީ އާ ގުޅިގެން ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.