1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

12 އަހަރު ކުރިން ކޮށްފައިވާ ކުށަކަށް އެއް މަސް ދުވަހުގެ ޖަލުހުކުމެއް

E4192FA5-6050-44C6-ADF3-29F0EC0C54F5
ހުވަދޫ ނިއުސް ޓީމް
549ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތ.އަތޮޅު ގުރައިދޫ ޕޮލިސް ސްޓޭޝަނަށް މީގެ 12 އަހަރު ކުރިން ގެއްލުން ދިން މައްސަލައެއްގައި ދައުވާ ލިބުނު މީހަކު 1 މަހާއި 6 ދުވަހަށް ޖަލަށް ލާން މި މަހުގެ 23 ވީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

 2009 އޮކްޓޯބަރު 12 ގައި ގާބުރިއަކުން ޖަހައި، ގުރައިދޫ ޕޮލިސް ސްޓޭޝަނުގެ  ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި ގުރައިދޫ،    ތިބުރޯޒު, އުމުރުން  31 އަހަރުގެ  މުހައްމަދު ސަމާހް މައްޗަށް ދައުލަތުން ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ގައި  އޭނާގެ މައްޗަށް ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާކުރީ، ކުށް ކުރިތާ ނުވަ އަހަރު ފަހުން ޖެނުއަރީ، 2018ގަ އެވެ.

އެ މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ސަމާހު ވަނީ ކުށަށް އިއުތިރާފުވެފައި ވުމުން  އޭނާގެ މައްސަލަ ނިންމީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

300 × 250

އެ ކުށަށް ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ކަނޑައަޅާފައިވާ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދު ކުރުން، ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ލުއި އަދަބެއް އައީ ދައުވާކުރި އިރު އަމަލުކުރަމުން ދިޔަ ގާނޫނުލްއުގޫބާތުގައި އޮތް އަދަބަށް ވުރެ މިހާރު އޮތް އަދަބު ލުއިވާތީ، ލުއި އަދަބެއް ކަނޑައަޅަން ދައުލަތުންނާއި އޭނާ ވެސް އެދިފައި ވާތީ އެވެ.

މިހާރުގެ ގާނޫނުލްއުގޫބާތުގެ ދަށުން ބަލާ ނަމަ އޭނާ ކުރި ކުށަކީ މުދަލަށް ގެއްލުން ދިނުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި