ރާއްޖޭގައިވެސް މަގުތަކުގެ ކައިރީގައާއި މެދުގައި ގަސް ހައްދައި އުޅެއެވެ. ބޭނުމަކީ ފިނިކަން ހޯދުމާއި ޒީނަތްތެރިކުރުމެވެ. މިފަދަ ގަސްގަހުން ވައި ސާފުކޮށްދީ މާޙައުލު ސާފުކޮށް ބޭއްވުމަށްވެސް ބާރުއަޅައެވެ.
ގަސްގަހާގެހިން މިފަދަ ގިނަ ފައިދާތައް ލިބުނު ނަމަވެސް މިގޮތަށް ހައްދާ ބައެއް ބާވަތުގެ ގަސް ބޮޑެތިވެ ބިޔަކޮށް ހެދުމުން އެގަސްތަކުގެ މޫތަކުން ތުރާވާ ފަހަރު އާދެއެވެ. މިގޮތުން ދުވާރުގެ ވަށާގައުތައް ހިއްލުމާއި ދުވަރުގެ ގައުތައް ހިއްލި އަޑިގުޑަން ވެއެވެ. ނަމަވެސް މިއީ އަހަރެމެނަށް އޭގެ ޙައްލު ހޯދުމަށް މަސައްކަތްކުރެވިދާނެ ކަމެކެވެ.
މި މައްސަލަ ޙައްލުކުރުމަށް މައިގަނޑު 2 ޙައްލެއް ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ގެންގުޅެއެވެ.
މިގޮތުން ކުރެވިދާނެ ފުރަތަމަ ކަމަކީ ގަސް ބެލެހެއްޓުމެވެ. ގަހުގެ ގޮފިތައް ކޮށައިގެން މައިގަނޑަށް ތިލަފަތް ހަމަވާގޮތަށް ޖުމްލަ ބަރު
ގޮފިތަކަށް ލިބޭނޭހެން ގަސް ބައްޓަންކުރުމެވެ. އޭރުން މޫތައްވެސް ވަށައިގެން އަޑިއަށް ފެތުރެއެވެ. ވަކި މުލެއް މާ ބޮޑުވެ ބިމުން މައްޗަށް އަރާގޮތެއް ނުވާނެއެވެ. ގަސް އަރިއަކަށް ހެދޭ ނަމަ ދުރުފަރާތުން ކޮނެ ގަސް ސީދާކުރުމެވެ. އޭރުން ވަކި މުލެއް މައްޗަށް އަރާކަށް ނުހިފާނެއެވެ.
ގަސްގަހުން މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ދެވަަނަ ކަމަކީ މައްޗަށް މޫ ނާރާ ވައްްތަރުގެ ގަސް އިންދުމެވެ. މައްޗަށް ހިފާ މޫ (ލެޓްރަލް ރޫޓް) މަދު ގަސް ހުރެއެވެ. މަގުތަކުގައި އިންދަންވީ މިފަދަ ގަހެވެ.
ރާއްޖޭގެ މާޙައުލާ ގުޅޭ މިފަދަ ބައެއް ބައެއް ގަސް ލިސްޓުކޮށްލާނަމެވެ.
1. އޭޝް ޓްރީ
2. ޖަޕަނީސް މޭޕްލް
3. ކްރޭޕް މަރޓްލް
4. ޕޮޕްލާރ
5. ކޮރަލް ޓްރީ
6. އޯކް-ލީފް ޓްރީ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.