މޫސުން ގޯސްވެ, މުޅި ރާއްޖެއަށް ރީނދޫ އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:30 އިން މެންދުރުފަހު 2:30 އާ ހަމައަށް ހއ އަތޮޅުން އައްޑޫސިޓީ އަށް ރީނދޫސަމާލު ނެރެފައެވެ.
އެ ސަމާލުގައި މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވަަރަށް ގަދަ ވާނެ ކަމަށެވެ.
މި ސަމާލުގެ ކުރިން މިއަދު ހެނދުނު 10:30 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކޮށް ހެނދުނު ނެރުނު ސަމާލުގައި ބުނީ ގއ އިން ފެށިގެން އައްޑޫސިޓީއަށް ވިއްސާރަވެ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ރީނދޫ ސަމާލު ނެރޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ ފަހުން މިއަދު 10:30 އިން 14:30 އާ ހަމައަށް މިވަނީ މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށާއި އަދި ދެކުނުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ހާމަކުރެއެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން، އެކަމަށްވެސް ސަމާލު ވުމަށް މެޓް އޮފީުން ވަނީ ބުނެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.