ރާއްޖެ އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރީ ސަފުގައި ކަމަށާއި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބި ކަމަށް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯޓްކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން އަބަދުވެސް ސްޓޭންޑް ނަގަމުންދާ ކަމަށާއި ތަފާތު އެކި ޕްލެޓްފޯމްތަކުގައި އަދި ވަކިން ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތް ފެށުނު ފަހުން ރާއްޖެއިން ބައިވެރިވި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް އެކަމަށް ވަކާލާތުކޮށް އަޑު އުފުލަމުންދާކަން ހީވާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އައިސީޖީގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހުުލުވެ، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުން ގެންދާކަމަށާއި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންދާނެކަމަށް ހީނާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.