ދިއްގަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
އެ މަޝްރޫޢޫ ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ) އިން، އެ މަސައްކަތުގެ އަދާހަމަ އާ އެކު އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިހާރު މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ދެވަނަ ޔުނިޓުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ކޮންކްރީޓު މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢޫގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި، 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭ ގޮތަށް 1000 އަކަފޫޓު ބޮޑުމިނުގެ 75 ހައުސިންގ ޔުނިޓު މި މަޝްރޫއުގެ ދަށުން އެ ރަށުގައި ގާއިމުކުރެވޭނެއެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށާފައިވާއިރު، ދިއްގަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ، 1000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، މި މަޝްރޫއު އިތުރަށް ފުޅާކޮށް، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިއްގަރުގައި އެހެނިހެން މަޝްރުއުތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.