އެމްއެންޑީއެފްގެ ޓްރެއިނިންއެއް ހަދަމުން ދަނިކޮށް ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ޒައިދާންގެ ހަށިގަނޑު ރ.އުނގޫފާރަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ލ. ކައްދޫ ޓްރެއިނިންގ ސެންޓަރުން މޫދުގައި ކުރިއަށް ގެންދިޔަ ޓްރެއިނިންއެއް ހަދަމުން ދަނިކޮށް މިޔަރެއް ހަމަލާދިނުމުގެ ސަަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރ. އުނގޫފާރު އުމުރުން 23 އަހަރުގެ މުހައްމަދު ޒައިދާން ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޒައިދާންގެ ހަށިގަނޑު ވަޅުލުމަށްޓަކައި އުނގޫފާރަށް ގެންގޮސްފައި ވާއިރު އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ ސިފައިން ވަނީ އޭނާގެ ޖަނާޒާގެ ކަންކަމުގައި އެ ރަށަށް ގޮސްފައެވެ. އަދި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިށް ހަމަޖެހިފައި ވަނީ ރަސްމީ އިއްޒަތުގައެވެ.
ކަށުނަމާދު އޮންނާނީ އެ ރަށު ދުއްތޫރު އަސާސީ އަފްރާޝީމް އަލީ މިސްކިތުގައި މިއަދުގެ ވަގުތެއްގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.