ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުން ބަޔަކު ހަވަރަށް ދީފިއެވެ.
އާއްމުން ނުކުމެ، ހަވަރަށް ދީފައިވަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގެ ހިޔާ ފްލެޓް 1 ގައި ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުނު ބަޔެކެވެ.
މި ހާދިސާ ހިނގާފައި ވަނީ ހިޔާ ފްލެޓް އެއް ވަނަ ޓަވަރުގައެވެ. އެ ފްލެޓްގައި ފޭރުނު ތިން މީހަކު ބަރަހަނާކޮށް، ފްލެޓްގެ ސިޑި މަތީގައި ތިއްބާ ނަގައި، އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯ އިން ފެނިގެން ދަނީ ހަތަރު މީހަކު ހެދުން ބާލުވާފައި ޓަވަރުން ބޭރުގައި ސިޑި މަތީގައި ތިބޭ ތަނެވެ. އެ މީހުން ތިބީ މޫނު ފޮރުވައިގެންނެވެ. ފުލުހުން ބުނީ، ހުޅުމާލެ ފޭސް ދޭއްގެ އެޗް1 ކައިރީގައި މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 32 އަަހަރުގެ ދެ މީހަކާއި، 45 ަހަރުހ މީހެއްގެ އިތުރުން 36 އަހަރުގެ މީހެއް ކަމަށާައި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.