ކެންސަރުގެ ފަރުވާ އަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

ރަމީލާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނެއްކާވެސް އިތުރު ސާޖަރީއަކާއި ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީ އަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ރަމީލާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ މެޓަސްޓޭޓިކް ސީރަސް ޕެޕިލަރީ ކާސިނޯމާ ކެންސަރަށެވެ.

ކެންސަރަށް ޑައިގްނޯސްވެފައިވާކަން މިނިސްޓަރު ރަމީލާ ހާމަކުރެއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖޭން ބޭރުގައި ވެސް ރަމީލާ ދުވަސްތަކެއް ހޭދަކުރެއްވި އެވެ.

ރަމީލާ އަކީ ކުރިން ނަރުހެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނަ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން އަދާ ކުރެއްވި އެވެ. ކުރައްވާފަ އެވެ.

ސޯޝަލް ސައިންސްގެ ދާއިރާއިން ޑރ ރަމީާ މެލޭޝިއާއިން ޕީއެޗްޑީވެސް ހާސިލުކުރެއްވީ 2010 ގަ އެވެ.