ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކެބިނެޓްގެ ވަޒީރުން ބައިވެރިވާ ހާއްސަ މަސްރޭސް ފަށަައިފިއެވެ.

މިމަސް ރޭސް ފަށާފައި ވަނީ މިއަދު 15:00 ގައެވެ. މި މަސްރޭހުގައި ކެބިނެޓްގެ ވަޒީރުންގެ ޓީމާއި އެހެނިހެން މުއައްސަސާތަކުގެ ޓީމުތައް ވެސް ބައިވެރިވެއެވެ.

މަސްރޭހުގައި މަހަށް ފުރާ ސަރަހައްދު ކަމަށްވާ ހުޅުމާލެ ލަކުނޑި ޖެޓީ ކައިރީގައި ޓީމުތަކުގެ ބައިވެރިންގެ އިތުރަށް ސަޕޯޓަރުންނާއި ހަރަކާތް ދެކެން އައިސް ތިބި ފަރާތްތައްވެސް ގިނަކަން ފާހަގަ ކުރެވެއެވެ.

ނުހަނު ޖޯޝާއި ފޯރީގައި ކުރިއަށްދާ މިމަސްރޭސް ނިމޭނީ މިރޭގެ 9:30 ގައެވެ.