ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދިޔަ އޯޝަން ޑޭ ފެސްޓިވަލް "ކަނޑު ރޯދި އުފާ" ހަރަކާތްތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ހުޅުމާލޭ ފޭސް 1 ބީޗް ސަރަހައްދުގައި އިއްޔެ ބޭއްވި އެ ފެސްޓިވަލްގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
އެ ފެސްޓިވަލްފައި 12 މުއައްސަސާއަކުން ސްޓޯލްތައް ބަހައްޓާފައިވެއެވެ.
"ކަނޑު ރޯދި އުފާ" ފެސްޓިވަލްގައި ބަނާނާ ދުއްވުމާއި، ޖެޓްސްކީ ދުއްވުމާއި ޑައިވް ތަޖުރިބާ ކޮށްލުންފަދަ މޫދު ކުޅިވަރުތައް ކުރިއަށްގެންގޮސްފައެވެ. އަދި ކަނޑުފަޅާ ގުޅޭ މައުލޫމާތު ދިނުމާއި ތަފާތު ކުޅިވަރުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް މި ޖޫން މަހުގެ 1 އިން 8 އަށް ވުޒާރާއިންވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އޭގެ ތެރޭގައި އެންމެން މޫދަށް ހަރަކާތާއި ކަނޑުރޯދި އުފާ ފެސްޓިވަލާއި މީސްމީޑިޔާ ސުވާލު މުބާރާތާއި ކުރެހުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ ބުރާތާއި ޑިސްކަވާ ޑައިވް ހަރަކާތާއި މީސްމީޑިއާ ލިޓްރެސީ ޕްރޮގްރާމާއި މަސްރޭހާއި މާލެ ފަޅުތެރެ ސާފުކުރުމަށް ސިޓީ ކައުންސިލާއެކު ފެށުނު ހަރަކާތް ހިމެނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.