1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރާ ގާނޫނަށް އިސްލާހު ގެނައުމާމެދު މަޖިލިހުގެ ބަހުސް މާދަމާ ފަށާނެ

mik
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް....ފޮޓޯ:ސަން
މަރްޔަމް ޝަފާ ސައީދު
291ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ ގާނޫނަށް އިސްލާހު ގެނައުމާމެދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސް ފަށާނެއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު"، މި ގާނޫނުގެ އަށް ވަނަ މާއްދާ އަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

"ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު"، މި ގާނޫނުގެ އަށް ވަނަ މާއްދާ އަކީ، ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައިވާ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ.

300 × 250

މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ ފުރަތަމަ ކަމަށް އެޖެންޑާ ކޮށްފައި އޮތީ އެ އިސްލާހު ގާނޫނަށް ގެނައުމާ މެދު ބަހުސް ކުރުމަށެވެ.

ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނިކޮށް، އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރަން ޖުލައި މަހުގެ ދެވަނަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި