ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ޑރ. މުޢިއްޒު އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރާއި ބައްދަލުކުރެއްވީ މިއަދު ހެނދުނު އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ކެބިނެޓްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ އިއްޔެ ޙަވާލުވެ ވަޑައިގެންނެވި ޖައިޝަންކަރު ވަނީ ނިމުނު ދައުރުގައިވެސް އިންޑިއާގެ ޚާރިޖީ ވަޒީރުގެ މަޤާމް އަދާކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު އާއި ޚާރިޖީ ވަޒީރު ޖައިޝަންކަރުގެ ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވިއެވެ.ލ
މިބައްދަލުވުމަށްފަހު ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ ކުރިމަގުގައި ދެ ގައުމަށް ގުޅިގެން ވަރަށް ގާތްކޮށް މަސައްކަތްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް ޑރ މުއިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.