ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން އޮންނީ އީދު ބަންދަށް ފަހުގައި ކަމަށް ނިންމައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ހަތަރު ވަނަ ޖަލްސާ ބޭއްވުނީ ހޯމަ ދުވަހުއެވެ.
މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ހޯމަދުވަހުގެ ޖަލްސާގައި ވަނީ އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރުމުގެ ގާނޫނަށް ގެނައުމަށް އެމްޑިޕީން ހުށައެޅި އިސްލާހުގެ ބިލް ވެސް ބަލައިގަނެފައެވެ.
މީގެ އިތުރުން 19 ވަނަ މަޖިލީހުގައި ރުހުން ދީފައި ނުވާ ތިން ވަޒީރުންނަށް ރުހުންދެއްވީވެސް ހޯމަ ދުވަހު ކުރިއަށްދިޔަ ޖަލްސާގައެވެ.
އެދުވަހު ކުރިއަށްދިޔަ މަޖިލިސް ޖަލްސާ ނިންމާލާފައިވަނީ ދެން ޖަލްސާއެއް އޮންނާނީ މިމަހުގެ 24 ވާ ހޯމަ ދުވަހު ކަމަށް ރިޔާސަތުން އިއުލާނު ކުރުމަށްފަހުއެވެ.
އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނެ ކަމަށް އިއުލާނު ކޮށްފައިވަނީ މިމަހުގެ 23 ވާ އާދިއްތަ ދުވަހުއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.