ޓްރާންްސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބާހިޒު ޝަފީގު ނިޔާވެއްޖެ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ޒުވާނުންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ބާހިޒު ނިޔާވެފައިވަނީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. މިދިޔަ ހަފްތާގައި ބާހިޒުގެ ގޮހުރުގެ ދެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި ސާޖަރީއަށް ފަހު ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ބާހިޒު ނިޔާވީ ކުއްލި ގޮތަކަށް ހާލު ގޯސްވުމަށްފަހު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ނިޔާވުމުގެ ކުރިން ބާހިޒަށް ފަރުވާ ދެމުން ގޮސްފައި ވަނީ ވެންޓިލޭޓަރުގައެވެ.