އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް ހަރުކޮށްފައިވާ ލައިޓުތަކުގެ ތެރެއިން ލައިޓްުތަކެއްގެ ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުން ރޭ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަނީ ވަގަށް ނަގާފައެވެ.
އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ސިޓީ ކައުންސިލުން މީސްމީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން، އެ ސަހަރައްދުގައި ބައްހަޓާފައިވާ ބައެއް ލައިޓްތައް ދިއްލޭއިރު އަނެއްބައި ލައިޓުތަކެއް ނުދިއްލެ އެވެ.
އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް ލައިޓްތައް ހަރުކޮށް ޒީނަތް ކުރަމުންދާއިރު, ޖުމްހޫރީ މައިދާނުގައި ބަހައްޓާފައިވާ ލައިޓްތައް ބައްލަވައި ލެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.