މަހްލޫފްގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓަކާއި ގުޅިގެން މަޙްލޫފް އޭނާއަށް ދެއްވި ރައްދުގެ ބަދަލުގައި ގިނަ ބައެއްގެ ނުރުހުން މަހްލޫފް އަށް އަމާޒުވެއްޖެއެވެ.
މަހްލޫފްގެ ފޭސްބުކް އެކައުންޓުގައި ދަރިކަނބަލުން ލައިބާ މަޙްލޫފްގެ ޑާންސް މަންކީގެ ކަވަރ ޝެއާ ކޮށްފައިވާ ޕޯސްޓަށް މީހަކު ކުރި ކޮމެންޓަކާއި ގުޅިގެން މަޙްލޫފް ވިދާޅުވީ "ތިއީ ކުރިން ވޮއިސް އޮފް މޯލްޑިވްސް ގައި ލަވަކިއުއްވި ނަސީރު ތޯ؟" މިހެންނެވެ.
މަހްލޫފްގެ ޕޯސްޓަށް އަހުމަދު ނަސީރު ކިޔާ މީހަކު ކޮށްފައިވާ ކޮމެންޓް ގައި ދީފައިވަނީ ނަސޭހަތެކެވެ. އޭގައި މަހްލޫފް ޓެގް ކޮށް އޭނާ ބުނެފައިވަނީ " މާދަމާވެސް ތިބާ ލޯ މަރާލަން ޖެހިދާނެ، ދަރިންނަކީ ވަރަށް ބޮޑު އަމާނާތެއް އަދި އަމުދުން އަންހެން ދަރިންނަކީ އެކުދިންގެ ސަބަބުން ތިޔަ ދެމަފިރިންނަށް ސުވަރުގެ ވަދހެވެޔނެ ކުރު މަގެއް ކޮށާލަ ދިނުމުގެ ގާބިލުކަން އެކުއްޖާގެ ގައިގަ ގުދުރަތުން ﷲ ލައްވާފައިވާ ޖިންސެއްގެ ކުއްޖެއް، އެކަމަކު އެކުއްޖާ އަށް ތހިޔަ ދައްކަވަނީ ރަނގަޅު މަގެއް ނޫން، ގަބޫލުކުރަން އުސޫލެއްގެ ގޮތުން މިއީ އަޅުގަނޑާ ބެހޭ ކަމެއްވެސް ނޫން، އެކަމަކު މުސްލިމަކަށް ވީތީ ލޯ މައްޗަށް ފެންނާތީ ހެޔޮއެދޭތީ ބުނެވުނީ، މާދަމާވެސް ލޯ މަރާލަން ޖެހިދާނެ، ﷲ ގެ ދަރުބާރަށް ގޮސް ދައްކާނީ ކޮން މޫނެއްތޯ؟ ސަލާމަތެއް ނުވާނެ، އަދިވެސް ވަގުތު އެބައޮތް، ތިހެން ނަހައްދަވާ." މިހެންނެވެ.
މިކަމާ ގުޅިގެން މަހްލޫފް ދެއްވި ރައްދުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް މަހްލޫފަށް ވަނީ އަމާޒުވެފައެވެ. އަދި މިހާރު މަހްލޫފްގެ ޕޯސްޓުގައި ކޮށްފައިވާ އެކޮމެންޓުވެސް ވަނީ ޑިލީޓްކޮށްފިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.