މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނިން ކުރަމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ މާލެ ސިޓީ، ހެންވޭރު، އަމީރު އަހުމަދު މަގާއި، ސީސަންމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެކުންފުނިން ހާމަކުރި ގޮތުގައި އެ ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ މިއަދު ހެނދުނު 10 އަކުން މެންދުރު 12 އަށް އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.