އިއްޔެ މާލެ ސިޓީގައި ހިންގި މާރާމާރީގައި ޒަހަމްވި ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށް ފަހު އައިޖީއެމްއެޗް އިން ދޫކޮށްލައިފިއެވެ.
ހެންވޭރު ޝަހީދް އަލީ މިސްކިތު ސަރަހައްދުގައި އިއްޔެ މެންދުރުގެ ވަގުތެއްގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ދެ މީހަކަށް ވަނީ ހަމަލާދީފައެވެ. އެ ދެމީހުންނަށް ވަގުތުން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދެވުނެވެ.
ތޫނު އެއްޗަކުން ޒަހަމްވެގެން އިއްޔެ އައިޖީއެމްއެޗަށް ގެންދިޔަ ދެމީހުންނަށް އިމަރޖެންސީ ރޫމުގައި ފަރުވާދިނުމަށްފަހު އެތަނުން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަނެކަކަށް އީއާރުގައި ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ.
އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު ދޫކުރި ނަމަވެސް އެމީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.