ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖެ ވަޑައިގެންފިއެވެ.
ހައްޖުގެ އަޅުކަމަށް މިނިސްޓރު ރާއްޖެއިން ފުރާއިވަޑައިގަތީ މި ޖޫން މަހުގެ 11 ވަނަ ދުވަހުގައެވެ. މިއަދު ރާއްޖެ ވަޑައިގަތީ ހަފްތާއެއްގެ ފަހުންނެނެވެ.
މިއަރުގެ ހައްޖުގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ 1،150 މީހުން ހައްޖަށްދިޔައެވެ. މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 1،000 މީހެވެ. މިއީ މި ދިޔައަހަރާއި އަޅާބަލާއިރު ތަފާތު އަދަދެކެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ﷲ ގެ ރަޙުމަތުން މިއަރުގެ ޙައްޖު އޮޕްރޭޝަން ކާމިޔާބުކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރަށް ރަނގަޅުކުރަން ހުރިކަންކަން ރަގަނޅު ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިއީ ޙައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު، ކަމަށްވެސް ވިދާޅުވިއެވެ.
މި މަތިވެރި ހައްޖުގެ އަޅުކަމުގެ ތެރޭން އެންމެ އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތު ރައްކާތެރިކުރުމަށް ކަމަށް ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.