ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ވަކި ކުންފުންޏެއް އުފެއްދުމުން އާސަންދައިން ކުރާ ހޭދައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް، ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ ޝާހު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހާއި ބޭނުންވާ ބޭހުގެ އަދަދު ދެނެގަނެ ކުރިއާލާ ބޭހަށް އޯޑަރު ޖަހައިފިނަމަ އެ ބޭހުގެ މުއްދަތު ހަމަވާ ތާރީޚް ވެސް ދިގުމުއްދަތަކަށް ލިބިގެންދާނެކަމަށެވެ. އެގޮތުން 1 އަހަރަށް ނުވަތަ 2 އަހަރަށް މުއްދަތު ހަމަވާ ބޭސް ދުރާލާ ގެނެވިއްޖެނަމަ މުއްދަތު ހަމަވާ ބޭހުގެ އަދަދުވެސް ކުޑަވަގެންދާނެކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މުއްދަތު ހަމަވެގެން އުކާލާ ބޭސް %10އާއި %20 އާ ދެމެދެއްގައި އުޅޭކަމަށެވެ. ނަމަވެސް ބޭހުގެ ކަންކަން ގާތު ބަލާ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބޭހުގެ ބައި މަދުވެގެންދާނެކަމަށް، ތަފާސް ހިސާބުތަކުގެ އަލީގައި ޑރ ޝާހު ވިދާޅުވެފައިވެއެވެ.
އެގޮތުން، ސިއްޙީ ޚިދުމަތް ދޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކޮށްފިނަ ރާއްޖެއަށް ބޭނުންވާ ބޭސްތައް ރައްޖޭގައި ބެހެއްޓޭނެ ގޮތް ހެދޭނެ ކަމަށާ ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ދުރާލާ ގެނެވޭނަމަށް އެ ހުސްނުވެ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ވަކި ކުންފުންޏެއް އުފެއްދުމުން އާސަންދައިން ކުރާ ހޭދައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ޑރ. ޝާހު ވިދާޅުވީ ރާއްޖޭގައި ސއްިޙީ ދާއިރާގެ ޖުމުލަ ބަޖެޓުގެ ތެރެއިން %30 އަކީ ބޭހަށް ކުރާ ޚަރަދުކަމަށެވެ. މިއީ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖެފަދަ ކުޑަ ޤައުމަކުން ބޭހައް ކުރާ ބޮޑު ޚަރަދެއްކަންއެއާއެކު އެހެން ފާރާތްތަކަށް ޑިޕެންޓް ނުވެ ބޭސް ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ވިދާޅުވިއެވެ. އަދި ޑރ. ޝާހު ފާހަގަކުރެއްވިއެވެ. އަދި އެއާއެކު ބޭހުގެ އަގުކޮންޓްރޯލްކުރުމަށްވެސް ފުރުޞަތުލިބޭނެކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުމުގެ މަސައްކަތް ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފައްދައި، އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައެވެ. އަދި އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ބޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.