މާފަންނު އެލްސިއޯން ބޭކަރީ ކައިރީ ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެ، އެ އެޕާޓްމަންޓްގައި ދިރިއުޅެމުންދިޔަ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ގެ ޗީފް އެގްޒެކެޓިވް، ހިސާން ހަސަން ހާމަކުރެއްވި ގޮތުގައި، އަލިފާނުގެ ހާދިސާއާއި ގުޅިގެން ހަތަރު މީހަކަށް ފަނަރަ ދުވަހުގެ މުއްދަތަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

މާފަންނު ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާގައި ލިބިފައިވާ ގެއްލުން.... ފޮޓޯ އެމްއެންޑީއެފް މ. ފްލޫނިއާ މަގުގައި ހުންނަ މ. އެންޒިއަންގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މެންދުރު 13:45 ހާއިރުގައެވެ. މި ހާދިސާ ހިނގުމުން ސަލާމަތީ ޚިދުމަތްތަކުން ވަނީ އެ ސަރަހައްދަށްގޮސް އެ އެޕާޓްމަންޓްގައި ހިނގި އަލިފާން ނިއްވާލާފައެވެ މި ހާދިސާއާއި ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފައިވަނީ އެ ހާދިސާ ހިނގި ފަންގިފިލާގައި ހުރި ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށާއި، އަދި އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.