1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެފޭ އުސޫލުން މަސްތުވުމަށް ބޭނުންކުރި ގޭގެ ވެރިމީހާގެ މައްޗަށް ދައުވާކޮށްފި

l_16069700549trxf-800x533
މުހައްމަދު އަޚްތަރު
1,162ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމަށް ދޫކޮށްފައި ކަމަށް ބެލެވޭ ގޭގެ ވެރިމީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ.ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

https://twitter.com/HuShameem/status/1433354159579750400

300 × 250

 

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާގެ ކަންކަމާއި ހަވާލުވެ ހުންނެވި ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މ. ބްރައިޓްފްލާވަރ ގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަމުންދާ ކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން އެގޭގެ ވެރި މީހާގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށާއި، އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޕެޑެލް ކުރާކަމަށް ގަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައިވާތީ ކަމަށެވެ.

މިމައްސަލާގައި ދައުވާކޮށްފައިވަނީ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ރެސްޓޯރަންޓް ރިވިއުއަރ

    އެތާގެ އެމްބިއެންސް އެހާ ރަންގަޅެއްނޫން. އިންޓީރިއަރ އަޕްޑޭޓް ކޮއްލަން ސަޅިވާނެ.

  • ޙަލަލަ

    ވައިފައި މާ ސްލޯ. ސާވަރުން ތިބެނީ ފެންނުވަރާ.. 2/5 ތަރި

ގުޅުންހުރި