މާފުށި ޖަލުގެ އޮފިސަރެއް ކޮވިޑް-19 އަށް ފައްސިވުމުން މިރޭ 12 އިން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ދާދި ދެންމެއަކު ވިދާޅުވީ، މާފުށި ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން މިއަދު ފައްސިވެފައިވާ ކަމަށާއި، ވީމާ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިރޭ 12 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެވޭނެ ކަމަށެވެ. އަދި ވަގުތީ ގޮތުން ގައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑާލެވޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

https://twitter.com/ahumadhumohamed/status/1433463133163515905

މީގެ ކުރިންވެސް މާފުށި ޖަލު ބަލަހައްޓާ އޮފިސަރުންތަކެއް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކުއްލިހާލަތަށް ގެނެވިފައިވެއެވެ. އަދި އެފަހަރު ބައެއް ގައިދީން ވަނީ ވަގުތީގޮތުން ގޭބަންދަށް ވެސް ބަދަލުކުރެވިފައެވެ.