ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ކަމަށް ބުނެ ސިފައިން ހަރަކާތްތެރިވި ނަމަވެސް އެފަދަ އެއްޗެއްގެ ނިޝާނެއް ވޭނުން ފެނިފައި ނުވާކަން ސިފައިން ޔަގީން ކޮށްދީފިއެވެ.
ހުދު ކުލައިގެ ވޭނެއްގައި އެއްޗެއް ގޮވި ކަހަލަ ބާރު އަޑެއް އިވިގެން ސިފައިިންނާއި ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވެފައެވެ. އަދި މިކަމާ ގުޅުގެން އެމްއެންޑީއެފް އިން ބުނީ ގަލޮޅު ކަންމަތީގައި ޕާކްކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓް ލިބުމުން މިފަަދަ ކަންކަމުގައި އަމަލު ކުރަމުން އަންނަ އުސޫލާއި އެއްގޮތަށް ކަންކަން ކުރަމުން ގޮސްފައިވާ ކަަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަަށް އަނިޔާވެފައި ނުވާކަމަށާއި އަދި ވޭނަށްވެސް ގެއްލުމެއް ލިބިފައި ނުވާކަން ސިފައިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އަދި މިހާތަނަށް ބެލިބެލުމުން ގޮވާފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަން ޔަގީކޮށްދެމުން އޮފިޝަލު ވިދާޅުވީ މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަމަށާއި އަދި ހަމައެހެންމެ އިތުރު ނުރައްކަލެއް ނެތްކަން ޔަގީންވެފައި ވާތީ އެހިސާބުން އެބޭފުޅުން ވަނީ އެސީން ފުލުހުންނާ ހަވާލުކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.