ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގައި މިއަދާ ހަމައަށްވެސް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އިގްތިސޯދީ ގޮތުން ބޮޑެތި ގޮން ޖެހުންތަކާ ކުރިމަތިވި ކަމަށް، ސްޓޭޓު ޓްރޭޑިން އޯގައިނައިޒޭޝަން، (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމު ވިދާޅުވެއްޖެއެވެ.
ޝިމާދު މިފަދައިން ވިދާޅުވީ، ގެނެސްދިން "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޝިމާދު ވިދާޅުވީ، ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ރާއްޖޭގެ ސަޕްލައި ޗެއިންއަށް ބޮޑެތި ބަދަލުތަކެއް އައިސް، މުދާ އުފުލުމުގެ ޚަރަދު ނުވަތަ ފްރައިޓް ރޭޓްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް ޚާއްސަކޮށް ތެޔޮ އެތެރެކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ދަތިތައް ހުރިކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވި، ރާއްޖެއަށް މިހާރު ތެޔޮ ގެންނަނީ އޮމާނުން ކަމަށްވާއިރު، އެ ސަރަހައްދަކީ ހަނގުރާމައިގެ ނުރައްކާ އޮތް ސަރަހައްދެއްގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުން ކަނޑައަޅާފައިވުމުގެ ސަބަބުން ކޮންމެ ދަތުރަކަށް "ވޯ ރިސްކް އިންޝުއަރެންސް" ނަގަން ޖެހޭ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އިތުރު ޚަރަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޝުއަރެންސް ކުންފުނިތަކުން ކުރިން ހުރި ޕޮލިސީތައް ރިކޯލްކޮށް، އާ ޕޮލިސީތައް އިޝޫކުރުން ހުއްޓާލި ކަން ހާމަކުރައްވާ ޝިމާދު ވަނީ، މިހާރު މަދުވެގެން އެއް ހަފުތާގެ މުއްދަތަށް ނަގަންޖެހޭ މި "ވޯ ރިސްކް އިންޝުއަރެންސް" އަކީ ފުދޭވަރަކަށް އަގުބޮޑު އެއްޗެއްކަން ފާހަގަކުރައްވާފައެވެ.
.ޝިޕިންގް ދާއިރާއަށް އައި ބަދަލުތަކުގެ ތަފްސީލު ދެއްވަމުން ޝިމާދު ވިދާޅުވީ، ކުރިން 6 ލައްކަ ޑޮލަރަށް ޗާޓަރުކުރި ބޯޓުތަކުގެ އަގު ކުއްލިއަކަށް 9 ލައްކަ 50 ހާސް ޑޮލަރަށް އުފުލިގެން ދިޔަ ކަމަށެވެ. މިއީ ގާތްގަނޑަކަށް 50 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިން އެސްޓީއޯއިން ދެވަނަ ބޯޓެއް ގަނެފައިވުމީ، މިފަދަ ދަނޑިވަޅެއްގައި ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ."މި އަންނަނީކީ ރާއްޖޭގައި އުފެދިގެން އަންނަ ކޯސްޓުތަކެއް ނޫން. ޝިޕިންގް ކޯސްޓަށާއި އިންޝުއަރެންސަށް މިއައީ ވަރަށް ބޮޑެތި ގޮންޖެހުންތައް. އެ ޚަރަދުތައް އެބަޖެހޭ ކުންފުނިން ބެއާ ކުރަން (އުފުލަން) ނުވަތަ ކަސްޓަމަރުންނަށް ޕާސްކުރަން،" ޝިމާދު ވިދާޅުވިއެވެ.
އިޤްތިސާދަށް އައި ބޮޑު ލޮޅުމުގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ތެލުގެ އަގު ތިން ގުނައަށް އުފުލިގެން ދިޔަ ކަމަށެވެ. ކުރިން މަހަކު 100 މިލިއަން ޑޮލަރު ހޭދަވި ފިއުލް ބިލު، އެ ދުވަސްވަރު 300 މިލިއަން ޑޮލަރަށް އެރި ކަމަށް ޝިމާދު ހާމަކުރެއްވިއެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މިފަދަ ދަތި ހާލަތެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް ޝިމާދު ވިދާޅުވިއެވެ. ޚާއްސަކޮށް ޑޮލަރުން އިމްޕޯޓުކޮށްފައި ރުފިޔާއިން ވިއްކާ މުދަލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.