ހުޅުމާލެ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އިން މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 55 ބިދޭސީއަކު ބަލައިފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން 20 މީހަކު ހައްޔަރުކުރީ އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދާކަން ކަށަވަރުވުމާ ގުޅިގެންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.