މާލޭގެ ގެއެއްގެ ދޮރުމަތީގައި، އެ ގެއިން ވަދެ ނުނިކުމެވޭ ގޮތަށް ފާރެއް ރޭނުމުން، ދިވެހި އާއިލާއެއް އިމާރާތެއްގައި ތާށިވެއްޖެއެވެ.

ހ. ހުދުފިނިފެންމާގެ އިން ނުނިކުމެވޭ ގޮތަށް ގޯޅިއެއްގެ ތެރޭގައި، އެ ގޭގެ ދޮރުމަތީގައި ފާރެއް ރޭނީ ރޭގެ ވަގުތެއްގައި އެންމެން ނިދާފައި ތިއްބައެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހަކު ވެސް ދިރިއުޅޭ އެ ގެއިން ނުކުމެވޭ ދޮރު ބަންދުވެފައިވާކަން އެނގުނީ އެ އާއިލާގެ މީހުން މިއަދު ހެނދުނު ހޭލުމުންނެވެ.

ހުދުފިނިފެންމާގެއަށް ވަންނަ ދޮރު، ފާރެއް ރާނައި ބަންދުކުރީ ރޭގެ ވަގުތެއްގައެވެ. އެ ގޭގައި އަށް މީހުން ދިރިއުޅޭ އިރު، މިވަގުތުވެސް އެ ގޭތެރޭގައި ދިހަ މަހުގެ އަންހެން ކުއްޖަކާއި އެއް އަހަރުގެ އަންހެން ކުއްޖަކާއި ދިހަ އަހަރުގެ އަންހެން ކުއްޖަކާއި 65 އަހަރުގެ އަންހެނެއްގެ އިތުރުން އިތުރު އަންހެނެއްވެސް ތާށިވެފައި އެބަ ހުއްޓެވެ. ފާރު ރޭނި މައްސަލަ ފުލުހަށާއި މާލެ ސިޓީ ކައުންސިލަށް ވަނީ ހެނދުނުއްސުރެ ހުށަހަޅާފައެވެ. ނަމަވެސް ހައްލެއް ލިބޭނެ އެއްވެސް މަގެއް ނުފެންނަ ކަމަށް ވާއިރު ފާރު ރޭނި ފަަރާތުން އެ ފާރު ތަޅާލުމަށް އަދި އެއްބަސް ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.