1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކެރެލާގައި، ސިކުނޑިއަށްޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ، ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

xr:d:DAFL_BGRlWk:1569,j:1017328631,t:22122705
ކެރެލާގަ ފެތުރެމުންދަނީ.ބްރެއިން އީޓިން އެމީބާ އިންފެކްޝަން
މަރްޔަމް ޝަފާ ސައީދު
1,732ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ދިވެހިން ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިކުނޑިއަށް ޖެހޭ އެ ބައްޔަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން ވެސް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ބުނީ ބްރެއިން އީޓިން އެމީބާ އިންފެކްޝަންގެ އަމާލާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ރާއްޖޭގެ ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފައެވެ.

300 × 250

މެއި މަހުން ފެށިގެން ކެރެލާގައި ފެތުރެމުންދާ އަމީބާ ނައިގްލޭރިއާ ފައުލަރީގެ ސަބަބުން ސިކުނޑިއަށް ވަރަށް މަދުން ނޫނީ ނުޖެހޭ އިންފެކްޝަނެއް ކަމަށްވާ އަމީބިކް މެނިންގޯއެންސެފަލައިޓިސްގެ ހަތަރު ވަނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ޕަޔޯލީއަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ކުއްޖަކަށް މިހާރު ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. މީގެ ކުރިން ޕޮޒިޓިވްވި ކޭސްތަކުގެ ސަބަބުން ތިން ކުއްޖަކު މަރުވެއްޖެ

އެ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު އެރުން ރައްކާތެރި ނޫން ކަމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ބުނެއެވެ. ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭސަލް ކްލިބް ބޭނުންކުރުމަށް ވެސް ކޮންސިއުލޭޓުން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން ސިއްހީ ރައްކާތެރިކަމުގެ މިފަދަ އިލްތިމާސެއް ކޮށްފައިވާއިރު، އިންޑިއާ އަކީ ދިވެހިން އެކި ކަންކަމުގައި އާންމުކޮށް ގޮސްއުޅޭ އަވަށްޓެރި ގައުމެކެވެ. މީގެތެރޭގައި ތައުލީމު ހާސިލުކުރުމާއި، ބޭސްފަރުވާވެސް ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި