މޯލްޑިވިއަނުން ޓްރިވަންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައި ހަފްތާގެ ކޮންމެ ހޯމަދުވަހެއްގައި ޝެޑިއުލް ފްލައިޓް އެޅުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ވެސް ރާއްޖެ އާއި ޓްރެވިންޑްރަމާ ދޭތެރޭ ދަތުރުތައް ބާއްވާނެ ކަމަށެވެ.
މި ފްލައިޓާ އެކު މާލެ އާއި ޓްރެވިންޑްރަމާ ދެމެދު ހަފުތާއަކު ފަސް ދަތުރު ކުރާނެ އެވެ.
މާލެ އާއި ޓްރިވެންޑްރަމާ ދެމެދު މީގެ ކުރިން ދަތުރުކުރީ ހަތަރު ދުވަހެވެ. އެއީ ހޮނިހިރު، އާދިއްތަ، ބުދަ އަދި ބުރާސްފަތިދުވަހެވެ.
މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓުން ކޮންމެ ހުކުރު ދުވަހަކާއި ހޯމަ ދުވަހަކު ޓްރިވެންޑްރަމަށް ދަތުރު ކުރެ އެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުތައް އިތުރުކުރަން ނިންމީ ޓްރެވިންޑްރަމަށް އޮތް ޑިމާންޑު ބޮޑުވުމުގެ އިތުރަށް، ބޭނުން ވަގުތަކު ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ .އާ ފްލައިޓް ޝެޑިއުލްގެ ސަބަބުން ދަތުރުވެރިންނަށް ދަތުރުތައް ރޭވުމުގައި އިތުރު ލުއިފަސޭހަކަމާއި އިޚްތިޔާރު ލިބިގެންދާނެއެވެ. ވިޔަފާރީގެ ބޭނުމުގައި ވިޔަސް، އަރާމުކޮށްލަން ވިޔަސް، މި ދެ ހިތްގައިމު މަންޒިލާ ދެމެދު ދަތުރުކުރުމުގެ އިތުރު ފުރުސަތުތައް މިހާރު ފަސިންޖަރުންނަށް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.