ލޯބިވެރިޔާއަަަަށް އަނިޔާ ކުރި މީހަކަށް ކްރިމިނަލް ކޯޓުން 30 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފިއެވެ.

ގދ. ތިނަދޫއަަށް ނިސްބަތްވާ 22 އަހަރުގެ އެ ފިރިހެން މީހާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ބަންދުގެ 26 ރެކޯޑް އޮންނަ މީހެއް ކަމަަށާއި އަދި އަނިޔާވެރި އަމަލެއް އޭނާ ހިންގި ކަމުގެ ހެކި ހުށަހަޅާފައިވާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާ ލޯބިވެރިޔާއަށް އަނިޔާކޮށް ކުށް ތަކުރާރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް ފެންނަ ކަމަށް އެ އަމުރުގައި ވެއެވެ.

އަދި އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރެވޭނެ ކަަަމަށް ބެެލެވޭ ކަމަށާއި، އެއީ ޖިނާއީ ބޮޑު ކުށްތަކެއްކަން ދައުލަތުން ފާހަގަކޮށްފައިވާ ކަމަށްވެސް އަމުރުގައި ވެއެވެ.

އެ އަމުރުގައި ބުނެފައި ވަނީ އޭނާއާ އަނިޔާ ލިބުނު މީހާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަން އޭނާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ.

މިއީ ރުޅިއައިސްގެން ހިނގި ޒުވާބެއް ކަމަށާއި އެއްވެސް އަނިޔާއެއް ކޮށްފައިނުވާ ކަމަށް އެމީޖާ ބުނެފައި ވެއެވެ. އަދި އޭނާއަކީ ޑައިވިންގއަށް ދާ މީހެއް ކަމުން، ދަބަހުގައި އޮތް ވަޅިއަކީ ޑައިވިންގދާއިރު ބޭނުން ކުރާ އެއްޗެއް ކަަމަށް އޭނާ ވަނީ ބުނެފައެވެ.