1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަންނަ އަހަރުން ފެށިގެން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ހަމަޖައްސައިދޭނަން: ރައީސް

fannn
ރައީސް ޑރ. މުހައްމަދު މުއިއްޒު. --- ފޮޓޯ: ރައީސް އޮފީސް
މަރްޔަމް ޝަފާ ސައީދު
1,292ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ނިންމުން ރައީސް ޑރ މުއިއްޒު ހާމަކުރެއްވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވެއިލިން ވިޝަންސް 2024" މައުރަޒު ބައްލަވާލެއްވުމަށް ފަހު، ރޭ ގައި ދެއްކެވި ވާހަކަފުޅުގައެވެ.

މައުރަޒަށް ވަޑައިގްނެ މަންޒަރުތައް ބައްލަވަމުން ވަޑައިގެން އެ މައުރަޒުން ފެނިވަޑައިގެންނެވި ކޮންމެ މަންޒަރަކީ އަދި ކުރެހުމަކީ ވަރަށް ފުރިހަމަ، ހުނަރުވެރި މަސައްކަތްތަކެއްކަން ފާހަގަކުރަރައްވައިި ރައީސް ޑރ މުއިއްޒު ވިދާޅުވީ މައުރަޒުން ފެނިވަޑައިގަތީ ވަރަށް ވިސްނުންތެރި އަދި ހުނަރުވެރި އަތްތަކަކުން ކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމުގައެވެ.

300 × 250

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފަންނުވެރިކަމުގެ ދާއިރާގައި އުޅޭ، އެ ދާއިރާ އަށް ވަންނަން ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުއްވައި ދެއްވާނެ ކަމަށެވެ. އެގޮތުން އެއް ކަމަކަށް ފަންނު ދަސްކުރަން ބޭނުންވާ މީހުންނަށް މޯލްޑިވްސް އާޓްސް ކޮމިއުނިޓީ (އެމްއޭސީ) އާއި ސަރުކާރުގެ އެކި ޕްރޮގްރާމުތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އެހީގައި ފަންނު ދަސްކުރަން ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަންނުވެރިންނަށް ބޭނުންވާ އެކި ކަހަލަ އާލާތްތައް، މެޓީރިއަލް ހޯދުމަށް ބޭނުންވާނެ ފަންޑު މީގެ ތެރޭގައި ހިމެނޭނެ. އަދި ހަމައެއާ އެކީގައި އެހެނިހެން ގޮތް ގޮތުން ކުރިއަށް ދިއުމުގައި ވަކި ބަޖެޓެއް ކަނޑައަޅައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން އެ ފުރުސަތު ހުޅުވައި ދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ މިވަގުތު މާ ބޮޑު ބަޖެޓެއް ނެތް ކަމަށާއި އެފަދަ ފުރުސަތުތައް މިހާރު ވަރަށް ހަނިކަމަށެވެ. އެހެންކަމަށްވުމާއެކު އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީއަށް ހަރަދުކުރުމަށް، ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު ފަންނުވެރިކަން ދައްކާލުމަށް މާލޭގައި އޮންނަ ޖާގަ އިތުރު ކުރުމާއެކު މާލެ އަށް ވުރެ ބޮޑު ޖާގައެއް ހުޅުމާލެއިން ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެތަނުން ފަންނުވެރިންނަށް މަސައްކަތް ކުރެވޭނެ ޖާގައެއް ވެސް ހަމަޖެހިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި