ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ދެ މީހަކު ގެންގޮސްފި އެވެ.

ފުލުހުން ބުނީ ޓިކްޓޮކްގައި ހިނގި ދެބަސްވުމެއްގައި މިއަދު ހެނދުނު މާފަންނުގައި ހުރި ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގަން އުޅުނު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އެދެމީހުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވާއިރު މިއީ ކޮންބައެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ޓިކްޓޮކް ލައިވް ތަކުގައި އެއް ބަޔަކު އަނެއްބަޔަކަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރުމާއި ސައުވީސްގަޑިއިރުގެ ބޮޑުބައެއް ލައިވްގައި ތިބެ ހަމަނުޖެހުން އުފެދޭފަދަ ކަންތައްތައް ކުރުން ދަނީ އިތުރުވަމުންކަން ފާހަގަވެއެވެ. އެހެންނަމަވެސް މިއީ ގިނަ ދިވެހިންތަކެއް ބޭނުން ކުރަމުންދާ ޕްލެޓްފޯމެއް ކަމަށްވާއިރު މިކަން ހުއްޓުވަން ކުރެވޭނެ ވަކިއިތުރު ކަމެއް ނޯވެއެވެ.