ގްރޭޑް 12ގެ އިސްލާމް ފޮތުގައިވެސް އާޔަތެއް އޮތީ ނުބައިކޮށް ކަމަށް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގްރޭޑް 12ގެ ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް އިނީ ނުބައިކޮށް ކަމަށާއި ނުބައިކޮށް އިން އާޔަތް ވީހާވެސް އަވަހަށް ރަނގަޅުކުރުމަށެވެ. ޝަހީމް ކުރެއްވި ޓްވީޓުގައި އެފޮތުގައި ނުބައިކޮށް އިން އާޔަތް ފާހަވާ ގޮތަށް ފޮޓޯއެއް ހިމަނާފައިވެއެވެ.
https://twitter.com/Mohamedshaheem1/status/1434158228749750279?s=20
މީގެ އިތުރުން މިއަދު ޑރ.ޝަހީމް ވަނީ ގްރޭޑް 1ގެ އިސްލާމް ފޮތުގައި ނުބައިކޮށް އިން ސޫރަތެއް ފާހަނގަކޮށް އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވާ ގޮތުގައި މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. އެހެންކަމުން މިފޮތްތަކުގައި ޤުރުއާނުގެ ސޫރަތްތަކާއި އާޔަތްތައް ނުބައިކޮށް އޮންނަން ޖެހޭ ސަބަބެއް ބަލަމުންދާކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.