1400 ސްކޭމް ގެ މައްސަލަ ރިޕޯޓު ކޮށްފައިވޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން މިފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައެވެ. ބީއެމްއެލް އިން ބުނީ މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1400 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި އޭގެތެރެއިން ގިނައީ އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ހިންގާފައިވާ ސްކޭމްތައްކަމަށެވެ.
39 އިންސައްތައަކީ ފޯނުން ގުޅައިގެން އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ޓްްރާންސްފާ ކޮށްފައި ހުރި ކޭސްތައް ކަމަށާއި 35 އިންސައްތައަކީ އެކި ކަހަލަ މާކެޓް ފްލޭސްތަކުގައި އެއްޗިހި ވިއްކަން ޖަހާފައިވާ އެޑްތަކަށް ރިޕްލައިކޮށްގެން މުދާ ގަތުމަށް ލާރި ފޮނުވައިގެން އެއަށް ވީ ގޮތެއް ނޭންގުމުގެ މައްސަލަތައް ކަމަށް ވެސް ބޭންކުން ބުނެއެވެ. އަދި 20 އިންސައްތަކީ ވައިބާ ޓެލަގްރޭމްގައި ހިންގާ ފޮރިން ކަރަންސީ ސޭލްގައި ބައިވެެރިވެގެން އެއަށް ފައިސާ ފޮނުވާފައިވާ މައްސަލަތައް ކަމަށާއި އަދި ހަ އިންސައްތަ ކޭސް އިންނަނީ އިންޓަނެޓް ލޮގިން ކޮމްޕްރޮމައިޒް ވެގެން. އައިސްފައިވާ ކޭސްތަކެއް ކަމަށެވެ.
މީގެ އިތުރުން ބޭންކުން ބުނީ ސްކޭމް މައްސަލަތަކުގައި ބީއެމްއެލްގެ މުވައްޒަފުން ބައިވެރިނުވާކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި މި ފަދަ މައްސަލައެއްގެ ތަހުގީގުގައިވެސް އެކަން ފާހަގަވެފައި ނުވާކަމަށެވެ.
ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލައެއް ރިޕޯޓު ކުރާ ކަމަށާއި އެއީ މަހަކު 192 މައްސަލަ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.